މައްސަލަ ހުށަހަޅާނެ ގޮތް
ޤާނޫނު ނަންބަރު 2020/12 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަންއަށް ޝަކުވާ ހުށަހެޅުމާއި ބަދަލު ހޯދުމުގެ ޙައްޤު މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ހޯދާފަރާތްތަކަށް ލިބިގެންވެއެވެ.
ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހަށް މައްސަލަ ހުށަހަޅާނީ ކިހިނެއް؟
ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހަށް މައްސަލަ ހުށަހަޅާނީ މައްސަލަ ހުށަހަޅާ ފޯމުން.
ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހަށް މައްސަލަ ހުށަހަޅާ ފޯމު ލިބެން ހުންނާނީ ކޮންތަނަކުން؟
ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހުން (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ވެލާނާގެ 11 ވަނަ ފަންގިފިލާ) ނުވަތަ ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހުގެ ވެބްސައިޓްގެ މައްސަލަ ހުށަހަޅާ ފޯމް ލިންކް އިން.
ކޮންސިއުމަރ އޮމްބަޑްސްމަނަށް މައްސަލަ ހުށަހަޅާ ފޯމު ފޮނުވާނީ ކޮންތާކަށް؟
ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހަށް، ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހުގެ ވެބްސައިޓް www.consumer.gov.mv މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް.
މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަނަށް މައްސަލަހުށަހެޅުމުގެ މުއްދަތަކީ ކޮބާ؟
މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނާއި ޚިލާފުވެގެން މައްސަލަ ހުށަހަޅަންވާނީ އެކަމެއް ހިނގި ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި.
ކޮންސިއުމަރ އޮމްބަޑްސްމަންއަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގައި އަދި ތަޙުޤީޤުކުރުމުގައި ރިޢާޔަތްކުރާނީ ކޮން ޤާނޫނަކަށް އަދި ކޮން ގަވާއިދަކަށް؟
ކޮންސިއުމަރ އޮމްބަޑްސްމަން ރިޢާޔަތްކުރާނީ ޤާނޫނު ނަންބަރު 2020/12 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) އާއި ގަވާއިދު ނަންބަރު 2021/R-162 ( ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހަށް މައްސަލަ ހުށަހެޅުމާއި، ހުށަހަޅާ މައްސަލަތައް ބަލައި ތަހުޤީޤުކޮށް ފިޔަވަޅު އެޅުމާ ބެހޭ ގަވާއިދު) ގައި ހިމެނިފައިވާ އިޖުރާއަތުތަކަށެވެ.
މުހިންމު ލިންކްސް
ގުޅުއްވުމަށް
ވެލާނާގެ, 11 ފަންގިފިލާ
08:00 – 14:00
[email protected]
3323668 960+