ކޮންސިއުމަރ އޮންބަޑްސްމަން އޮފީހުގެ މަޢުލޫމާތު

ކޮންސިއުމަރ އޮމްބަޑްސްމަން

އަލްއުސްތާޛާ މަރިޔަމް ޝަމްއާ އިސްމާޢީލް

އަލްއުސްތާޛާ މަރިޔަމް ޝަމްއާ އިސްމާޢީލް ވަނީ 2004 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑް އިން ބެޗްލަރ އޮފް ލޯސް ހާސިލްކޮށްފައެވެ. ކޮންސިއުމަރ އޮމްބަޑްސްމަންގެ މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން އެކަމަނާ ހުންނެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލީގަލް ކޮންސަލްޓަންޓެއްގެ މަޤާމުގައެވެ. 

އަލްއުސްތާޛާ މަރިޔަމް ޝަމްއާ އިސްމާޢީލް ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ލީގަލް އެންޑް ޕޮލިސީ އެފެއާޒްގެ މަޤާމާއި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަޤާމު ކުރިން އަދާކުރައްވާފައެވެ. 

އަލްއުސްތާޛާ މަރިޔަމް ޝަމްއާ އިސްމާޢީލް ކޮންސިއުމަރ އޮމްބަޑްސްމަންގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ 31 އޮގަސްޓު 2021 ގައެވެ. 

ގުޅުއްވުމަށް

ވެލާނާގެ, 11 ފަންގިފިލާ

08:00 – 14:00

consumer.ombudsman@trade.gov.mv

3323668 960+​