ހަމަތައް
މިނިވަންކަން:
ނުފޫޒުތަކުން އެއްކިބާވެފައިވާ މިނިވަން މުއައްސަސާއެއްގެ ގޮތުގައި މަސައްކަތްކުރުން.
ޢަދުލުވެރިކަން:
ހަޤީޤަތަށް ވާސިލުވުމަށްޓަކައި، ކުރާ ކޮންމެ ތަޙުޤީޤެއްގައިވެސް، ވަކި ފަރާތަކަށް ނުޖެހުން އަދި ވަކި ކޮޅަކަށް ބުރަނުވުން.
ނަޒާހަތްތެރިކަން:
ހުރިހާ ޙަރަކާތްތަކެއް ހިންގަނީ، އެންމެ މަތީފަންތީގެ ޕްރޮފެޝަނަލިޒަމްއާއީ، އިތުބާރާއި، ތެދުވެރިކަމާއި، އަދި އެންމެންގެ ޙައްޤުތަކަށް ރިޢާޔަތްކޮށްގެންކަން ކަށަވަރުކުރުން.
ތަސައްވުރު
އިންސާފުވެރި ވިޔަފާރީގެ ނިޒާމަކާއި، ހަރުދަނާ އަދި އެކަށީގެންވާ މުއްދަތެއްގައި މައްސަލަތަކަށް ހައްލު ހޯދޭނެ ނިޒާމެއްގެ އެހީގައި މަޢުލޫމާތު ފުރިހަމައަށް ލިބި، ރައްކާތެރި ކުރެވިފައިވާ ބަޔަކަށް ކޮންސިއުމަރުން ހެދުން.
އަމާޒު
މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނާއި ޚިލާފުވެގެން ހުށަހެޅޭ މައްސަލަތައް ތަޙުޤީޤު ކުރެވޭނެ، ދެފުށް ފެންނަ، ހަމަހަމަ، މިނިވަން ނިޒާމެއް ޤާއިމުކުރުން.
ކޮންސިއުމަރުންގެ ޙައްޤުތަކާއި އެފަރާތްތަކަށް ލިބޭނެ ފަރުވާތަކާއި ގުޅޭ މަޢުލޫމާތު އުނގަންނައިދިނުން.
އިންސާފުވެރި ވިޔަފާރީގެ އުސޫލުތައް ކަށަވަރުކުރުމަށާއި ކޮންސިއުމަރުންގެ ޙައްޤުތައް ދެމެހެއްޓަމަށް ވަކާލާތުކޮށް، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު ތަންފީޒުކޮށް، ޤާނޫނާއި އެއްގޮތަށް ޢަމަލުކުރުމަށް ބާރުއެޅުން.

މުހިންމު ލިންކްސް
ގުޅުއްވުމަށް
ވެލާނާގެ, 11 ފަންގިފިލާ
08:00 – 14:00
[email protected]
3323668 960+