ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހުގެ އޮނިގަނޑު

ލީގަލް، އެންޑް އެންފޯސްމަންޓް ޑިވިޝަން
ޑިވިޝަންގެ މަސައްކަތްތަކުގެ ތެރޭގައި ކޮންސިއުމަ އޮންބަޑްސްމަން ބަލައި ތަހުޤީޤުކުރަމުންދާ މައްސަލަތަކުގައި ދޭންޖެހޭ ޤާނޫނީ އެހީތެރިކަމާ ލަފާ ދިނުމާއި، ޤާނޫނު ތަންޒީފުކުރުމަށް ބޭނުންވާ ފަންނީ އަދި ޤާނޫނީ ލިޔެކިއުންތަށް ތައްޔާރުކުރުމަށް އެހީތެރިކަން ދިނުމާއި މައްސަލަތައް ބަލައި ތަހުޤީޤުކުރުމުގައި ކޮންސިއުމަރ އޮންބަޑްސްމަނަށް އެހީތެރިވުން ހިންމެނެއެވެ.
ކޭސް މެނޭޖްމަންޓް އެންޑް ރިޕޯޓިން ޑިވިޝަން
ޑިވިޝަންގެ މަސައްކަތްތަކުގެ ތެރޭގައި ކޮންސިއުމަރ އޮންބަޑްސްމަނަށް ހުށަހަޅާ މައްސަލަތަކުގެ ލިޔެކިއުންތައް ގަވާއިދުގައިވާ ގޮތުގެ މަތިން ބަލައިގަތުމާއެކު މައްސަލަ ރަޖިސްޓްރީ ކުރުމާއި މައްސަލަތަކާގުޅޭ ރިޕޯޓުތައް އެކުލަވާލުމާއި މައްސަލަތަކާ ގުޅޭގޮތުން އާންމުކުރަންޖެހޭ މައުލޫމާތު ތައްޔާރުކުރުމާއި ޢާންމުކުރުމަށް ކޮންސިއުމަރ އޮންބަޑްސްމަނަށް އެހީތެރިވުން ހިނމެނެއެވެ.
ކޮންސިއުމަރ ޕްރޮޓެކްޝަން ޑިވިޝަން
ޑިވިޝަންގެ މަސައްކަތަކީ، މުދާ ގަންނަ ފަރާތްތަކާއި ޙިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްޤުތަކާގުޅޭގޮތުން ހޭލުންތެރިކުރުމާއި މުދާ ވިއްކާ އަދި ހިދުމަތް ފޯރުކޮށްދޭފަރާތްތަކުން ޤަނޫނުގައިވާ މިންގަޑުތަކާ އެއްގޮތައް އެފަރާތުގެ ހަރަކާތްތައް ހިންގާތޯ ކަށަވަރުކުރުމާއި އެފަރާތުން އަދާ ކުރަންޖެހޭ ޒިންމާތަކާގުޅޭގޮތުން އެފަރާތްތައް ހޭލުންތެރިކުރުމެވެ.

މުހިންމު ލިންކްސް
ގުޅުއްވުމަށް
ވެލާނާގެ, 11 ފަންގިފިލާ
08:00 – 14:00
[email protected]
3323668 960+